ކޮވިޑް-19: ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެއްޖެ

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވަރަށް ބޮޑަށް މަދުވުމަށް ފަހު އިއްޔެ އަނެއްކާވެސް އިތުރުވެއްޖެއެވެ. އިއްޔެ ބްރެޒިލް އިން ވަނީ ކޮވިޑް-19 ޖެހިގެން 1185 މީހަކު މަރުވެފައެވެ.

އިއްޔެ އަކީ ފާއިތުވި 3 ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ.

އިއްޔެ ބްރެޒިލްް އިން ވަނީ ކޮވިޑް-19 އަށް 31197 މީހަކު ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރުވެސް ފާއިތުވި3 ދުވަހަށްވުރެ، އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 742,084 އަށް އަރާފައެވެ. އޭގެ ތެރެއިން 38,497 މީހަކު މިހާރު މަރުވެފައި ވާއިރު، 325,602 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ބްރެޒިލްއަކީ ދެވަނައަށް އެންމެގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގައުމުވެސްމެއެވެ. އަދި ތިންވަނައަށް އެންމެ ގިނަމީހުން މަރުވެފައިވަނީވެސް ބްރެޒިލްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ