ބަންގްލަދޭޝްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 70 ހާހުން މައްޗަށް!

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބަންގްލަދޭޝްގައި މިހާތަނަށް 71,675 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މީގެތެރެއިން 975 މީހަކު މަރުވެފައިވާއިރު، ފަރުވާކުރެވި 15,337 މީހަކު ރަނގަޅުކުރެވިފައިވެއެވެ.

ފާއިތުވިދިޔަ ދުވަސްތަކަށް ބަލާއިރު، ބަންގްލަދޭޝްގައި އެންމެ ގިނަބަޔަކު ކޮވިޑް އަށް ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. މިގޮތުން އިއްޔެ އެގައުމުން 3171 މީހަކަށްވަނީ މިބަލި ޖެހިފައެވެ.

މުޅިދުނިޔެއިން މިހާތަނަށް 7.3 މިލިއިން މީހުނަށް މިބަލި ޖެހިފައިވާއިރު، މީގެ ތެރެއިން ރަނގަޅުވެފައިވަނީ 3.6 މިލިއަން މީހުންނެވެ. އަދި މިބަލީގައި 413,765 މީހަކު މަރުވެފައިވާއިރު، 3.3 މިލިއަން މީހުނަށް ދަނީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 54,028 މީހުންގެ ހާލު ސީރިއަސް ކަމަށާއި ބާކީ ތިބިމީހުން އާދައިގެ ގޮތެއްކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ