ބިސް ކޭސްތަކެއް - ފޮޓޯ: މިހާރު

60000ރ ޚަރަދުކޮށް 285 ބިސްކޭސް ތިނަދޫއިން މާލެ ގެނައިކަން ހާމަވެއްޖެ

ރޯދަޔާ ދިމާކޮށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ގެނެސް ގދ. ތިނަދޫއަށް ފޮނުވާފައިހުރި 285 ކޭސް ބިސް ބޮޑު ޚަރަދެއް ކޮށްގެން އަލުން އަނބުރާ މާލެ ގަނައިކަން ހާމަވެއްޖެއެވެ.

ނަން ހާމަކުރަން ނޭދޭ އެސްޓީއޯގެ އޮފިޝަލަކު "ފެށުމަށް" ބުނީ ގދ.ތިނަދޫއިން 285 ކޭސް ބިސް މާލެ ގެނެސްފައިވަނީ 60000ރ ޚަރަދުކޮށް އައްޑޫ ބޯޓަކަށް އަރުވައިގެން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ މާލެއިން ބިހުގެ ސްޓޮކް މަދުވެގެންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެ އޮފިޝަލް ބުންޏެވެ.

ބިސް ކޭހަކަށް 210ރ ޚަރަދުކޮށް ތިނަދޫން ބިސް ކޭސްތަކެއް މާލެ ގެންދިޔައިރު، އައްޑޫއަށް އެސްޓީއޯއިން އެތެރެކުރި މުދާވެސް ވަނީ އަލުން އަނބުރާ މާލެ ގެންގޮސްފައެވެ. އެހެންކަމުން ދެކުނުގެ އަތޮޅުތަކުގައި، ޚާއްޞަކޮށް ގދ އަދި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައި ފިޔާ، އަލުވި އަދި ބިސް ލިބުން ވަނީ ދަތިވެފައެވެ.

އައްޑޫއިން އެސްޓީއޯއިން ބިސް ދޫކުރަމުން ދަނީ ގެއަކަށް ބިސް ޓްރޭއެއްގެ ރޭޓުންނެވެ. ވިޔަފާރިވެރިންނަށް ދޫކުރަން ކުރިން ނިންމާފައި އޮތްނަމަވެސް މާލެއިން ސްޓޮކް ހުސްވުމުން އައްޑޫއަށް ގެންދިޔަ މުދާ މާލެ ފޮނުވާލުމުން އައްޑޫ ވިޔަފާރިތަކަށް ފިޔާ އަލުވި އަދި ބިސް ނުލިބި ރައްޔިތުންނަށް ވަނީ އެކަމުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ދެކުނުގެ ރަށްތަކުން މި ނޫހާ ވާހަކަދެއްކި ވިޔަފާރިވެރިން ބުނީ ދެން އެތަކެތި ފިހާރަތަކުން ލިބޭނީ މާލެއިން ބޯޓުތައް އައުމުން ކަމަށާއި، އެސްޓީއޯއިން އަމަލުކުރި ގޮތުން ވިޔަފާރިއަށް ގެއްލުންވެ ރައްޔިތުންނަށްވެސް ދަތިވެފައިވާ ކަމަށެވެ.

އެސްޓީއޯއިން ރޯދައަށް ގެނައި ސްޓޮކް މަދުވެ، ދަތިތަކެއް އުޅޭކަން ހާމަވެފައިވީ ނަމަވެސް، އެސްޓީއޯއިން އަދި ރަސްމީކޮށް މިކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބިސް ކޭސް

    Sto ގެ މިހާރު މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު އަކީވެސް ގދ.ތިނަދޫ އަށް ބިސް ބައި ވާ މީހެއް ގެ ދަރިއެއް

  2. ފަތިފުއް

    އެސްޓީއޯ 285 ބިސް ގ.ދ.ތިނަދޫއިން މާލެއަށް 60000 ރުފިޔާ ޚަރަދުކޮށްގެން ގެނައުމަކީ??????? މަށްސަލައަކީކޮބާ ތިނަދޫ މީހުނަށް ކާންނުދިނަސް މާލެ މީހުނައް ކާންދޭންވާނެއެއްނު މާލެ ގަ ވެސް ތިނަދޫ މީހުން އެބައުޅެންޏާ ދެންތިދައްކަނީ ޚަރަދުގެވާހަކަ ޚަރަދެއްނުކޮށް ކަމެއްކުރެވޭތަ ރައީސުލްޖުމްހޫރިއްޔާއަށް ނޭނގި އިތުރަކަށް ޚަރަދެއްނުކުރެވޭނެ

    1
    1
    • ކިކި

      ވަރިހަމަ ވެގެން ތިބޭފުޅާ އޮވެބަ ގޭގަ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ