ހޯރަފުށި އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ހޯރަފުށި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެއާޕޯޓަށް ބޭނުންވާ ބިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހިއްކާ ނިންމާފައެވެ.
އެމްޓީސީސީން ބުނީ ދެން ކުރިޔަށް އޮތީ ތާރު އަޅަން ޖެހޭ ތަންތަނުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ތާރު އެޅުމަށް ބޭނުންވާ ސާމަނުވެސް މިހާރު ގެނެވިފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ފްލައިޓް ޕާކިން އަދި ޓެކްސީވޭ އެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ޖުމްލަ 842200 ކުއިބިކް މީޓަރުގެ ބޮޑު ސަރަހައްދެއްވަނީ އެއާޕޯޓު އެޅުމަށްޓަކައި ހިއްކާފައެވެ. މި އެއާޕޯޓުގައި 1120 މީޓަރުގެ ހިލަ ތޮއްޓެއްވެސް ވަނީ ލައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދާށެވެ.





ހިޔާލު
Shukuriyya Raees Yaamin