އަންހެނަކު ސައިކަލެއްގެ ފަހަތުގައި އައްސައިގެން ދުއްވި މައްސަލައިގައި ފުލުހުންތަކެއް ހައްޔަރުކޮށްފި

ސައިކަލެއްގެ ފަހަތުގައި ޒުވާން އަންހެން ކުއްޖަކު އައްސައިގެން މަގުތައްމަތީ ދުއްވި މައްސަލައެއްގައި ކެންޔާގެ ތިން ފުލުހުން ހައްޔަރު ކޮށްފިއެވެ.

ކެންޔާގެ ފުލުހުންގެ ތެރެއިން ތިންމީހަކު ވެގެން 21 އަހަރުގެ އަންހެން ކުއްޖަކު ސައިކަލެއްގެ ފަހަތުގައި އައްސައިގެން މަގުތައްމަތީ ދުއްވައިފައިވަނީ އެ އަންހެން ކުއްޖާ ވައްކަމުގެ މައްސަލައެއްގައި ބައިވެރިވެފައިވާކަމަށް ބުނެއެވެ.

މިހާދިސާ ފެނުނު މީހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ފުލުހަކު އަންހެން ކުއްޖާ ސައިކަލުގެ ފަހަތުގައި އައްސައިގެން ދުއްވިއިރު ދެވަނަ ފުލުހަކު ދިއައީ އެއަންހެން ކުއްޖާއަށް ޗާބޫކަކުން ހަމަލާ ދެމުންނެވެ. އަދި ތިންވަނަ ފުލުސްމީހާވަނީ އެމަންޒަރުތައް ވީޑިއޯ ކޮށްފައެވެ.

މި ފުލުހުންގެ ކިބައިން އަންހެން ކުއްޖާ ސަލާމަތް ކޮށްފައިވަނީ މިހާދިސާ ހިނގި ޓައުނުގައި މަންޒަރު ބެލުމަށް ނިކުތް މީހުންގެ ތެރެއިން ބަޔެކެވެ. އަދި މިހާރުދަނީ މި އަންހެން ކުއްޖާއަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހާދިސާގައި ބައިވެރިވި ފުލުހުން ހައްޔަރުކޮށްފައިވަނީ މިހާދިސާގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެ ވަރަށް ބޮޑުތި ފާޑުކިޔުންތައް ކެންޔާގެ ފުލުހުންނަށް އަމާޒުވާން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ