"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ލީކްކޮށްލައިފި

ދެ ހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓޫޑެންޓް އޮފް ދަ އިޔާ'ގެ ދެވަނަ ބައި 'ސްޓޫޑެންޓް އޮފް ދަ އިޔާ 2' ސިނަމާތަކަށް ފޯރިތާ ތިން ދުވަސްވެސް ނުވަނީސް ލީކުކޮށްލައިފިއެވެ.

ޕުނީތު މަލޯތުރާ ޑައިރެކްޓްކޮށް، ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި އެ ފިލްމު ލީކްކޮށްލާފައިވަނީ، ފަހަކަށް އައިސް ފިލްތައް ލީކުކުރަމުން އަންނަ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ.

ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނީ، ފިލްމުގެ ފެށުމަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށާއި، ދެ ދުވަހުގެ ތެރޭގައި އެފިލްމަށް 26 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފިލްމު ލީކުކޮށްލުމާ ގުޅިގެން ފިލްމުގެ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގެ ލީޑު ރޯލުން ފެނިގެން ގޮސްފައި ވަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ
އަންހެން ލީޑު ތާރާ ސުޓަރިއާ އަދި އަނަންޔާ ޕަންޑޭއެވެ.

ދެ ހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގައި ހަރަކާތްތެރިވެފައި ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހޯތުރާ އެވެ. އެ ތިން ތަރިންނަކީ ވެސް އެ ފިލްމުން ބޮލީވުޑަށް ތައާރަފް ވި ތިން ތަރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ