ސުންނާފަތި ނުކުރާނެ، ތަރައްޤީގެ މަޝްރޫއުތައް ދާދި އަވަހަށް ފެށޭނެ - ޗީފް އޮފް ސްޓާފް

ތަރަށްޤީގެ ނަމުގައި މި ސަރުކާރުން ސުންނާފަތި ނުކުރާނެކަމަށާއި، ތަރައްޤީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ސްޓާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަރައްޤީގެ ނަމުގައި މި ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި "ގާފުރޮޅާ" ތަންތަން ސުންނާފަތިކޮށް ނުހަދާނެ ކަމަށެވެ.

ޗީފް އޮފް ސްޓާފް މިހެން ވިދާޅުވެފައި މިވަނީ، އާ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ފެށުން ލަސްވެފައިވާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޢަލީ ޒާހިރު ވިދާޅުވީ، މި ސަރުކާރުން ތަރައްޤީ ގެންނާނީ ވިސްނުންތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތަށް ކަމަށެވެ.

"އޭގެ ބަދަލުގައި ވިސްނުންތެރިކަމާއެކު އެތައް އަހަރަކަށް ޕްލޭން ކުރެވިގެން، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑްގައި ހިނގަން ފަށާ މަންޒަރު ފެންނާނެ. އިންޝާ ﷲ" ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ހިންގި ތަރައްޤީގެ ބިޔަ ޕްރޮޖެކްޓްތަކަށް މި ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ތަރައްޤީކުރާ ތަންތަނެއް ނޫން ކަމަށާއި، ބައެއް އެއާޕޯޓްތަކަކީ ތިމާވެއްޓަށް ދިން ބޮޑެތި ގެއްލުންތަކެއް ގޮތަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް