ރައީސް ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދީފިއެވެ.

ޑރ. ވަހީދު އެގޮތަށް ވިދާޅުވީ މީގެކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެއެވެ.

ޑރ. ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޑރ. ވަހީދު ވެރިކަމާއި ހަވާލުވެ ވަޑައިގެންފައި ވަނީ، 7 ފެބްރުއަރީގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މި މައްސަލައިގާ ބެލުމަށް ހެދުނު ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓްގައި އޭރު ރާއްޖޭގައި ހިނގާދިޔީ ބަޣާވާތެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
123
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ahmed

    Kithanme varhakah dr waheeed ge abikabalunnah gehlun dhinas dr.waheed verikan kuri gotha meraajeaku nei verikan kureveyne dhevana mehaku kihaa dhupaaneh kihaa bodah dhimaakuri mdp mehun ekamakuves verikan varha reethi koh kohfa faabaagen dhiyaey i will proud dr.mohamed waheed hassan manik

    6
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ