ކޮވިޑް އާއި ގުޅިގެން މޯލްޑިވްސް ގޭސްއިން ގެނައީ ބާވެފައިހުރި ސިލިންޑަރ ތަކެއް!

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވްސް ގޭސްއިން ރާއްޖެ ގެނައި އޮކްސިޖަން ސިލިންޑަރ ތަކަކީ ބާވެ ހަސްނެތިފައި ހުރި ސިލިންޑަރ ތަކެއް ކަމަށް ބުނެ އެ މައްސަލަ ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި މޯލްޑީވްސް ގޭސް އަށް ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑު ތުޙުމަތެއް ކޮށްފައިވަނީ މޯލްޑިވްސް ގޭސްގެ އެކްޓިން އެމްޑީ އަލީ އިކުރާމްއަށެވެ. މީސް މީޑިޔާގައި މިކަމާއި ގުޅިގެން ބަޔެއް ފަރާތްތަކުން ބުނެފައިވަނީ މިއީ މޯލްޑީވްސް ގޭސްގެ ބެލުމުގެ ދަށުން ގެނެސްފައިވާ ސިލިންޑަރ ތަކެއްކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ހުރީ މޯލްޑިވްސް ގޭސްގެ އެކްޓިން އެމްޑީކަމަށް ބުނެ އަލީ އިކުރާމްގެ އިސްތިއުފާއަށް ގޮވާ މިސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ދަށުން މިމައްސަލަ ބަލައިދިނުމަށްއެދި ރައީސް އިބްރާހިމް ސޯލިޙް ޓެގުކުރައްވާ މީސް މީޑީޔާގައި ދަނީ އަޑު އުފުލަމުންނެވެ.

މިސިންޑަރ ތަކާއި އެކު މިއާއި ގުޅުންހުރި އެކި ސާމާނުގެނެސްފައިވާއިރު އާފުޅިތަކެއްގެ ނަމުގައި ބާފުޅީތަކެއް ގެނައިމައްސަލަ ބަލައިދިނުމަށްވަނީ އެދިފައެވެ. މި ގޭސް ސިލިންޑަރ ތަކާއި ގުޅޭ ކޮރަޕްޝަން މައްސަލަ އެންމެ ފުރަތަމަ ފެންމަތިކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުޙައްމަދު މުސްތަފާ އެވެ. މިކަމާއި ގުޅިގެން މުސްތަފާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެސްޓީއޯ މެޑިކަލްސްއިން ގެނައީ މުޅިންވެސް ބާވެ ހަސްނެތިފައިހުރި އޮސްސިޖަން ސިލިންޑަރ ތަކެއްކަމަށެވެ.

މިވެސް ގެނުވީ ބަލިމީހުންނަށް ފަރުވާ ދޭށޭ ކިޔައިގެން، އޮކްސިޖަން ސިލިންޑަރ ތަކަށް ގޭސް ފިލްކޮށްގެން މިއަށް 16 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ވަނ މިމަހުގެ 6 ވަނަ ދުވަހު ކުރި ޓުވީޓެއްގައި މުސްތަފާ ބުނެފައިވެއެވެ. މުސްތަފާ ކުރި އިތުރު ޓުވީޓެއްގައި މި ސިލިންޑަރ ތަކުގެ ފޮޓޯވެސް ހިމަނުއްވާ ބުނެފައިވަނީ އެސްޓީއޯއިން ކޮވިޑް-19 އާއި ގުޅިގެން ބަލި މީހުންނަށް ފަރުވާދޭން ގޭސް ފިލްކޮށްގެން ގެނައީ ކުނި ގޮނޑުގައި ހުރި ސްކަރެޕް ފުޅިތަކެއްކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބާ ސިލިންޑަރތައް ގެނައުމާއި ގުޅިގެން މިކަމުގެ އަޑު ގަދަވެ މި މައްސަލަ އެސްޓީއޯއިން އަދި އޭސީސީއިން ދަނީ ތަޙްޤީގު ކުރަމުންނެވެ. 16 މިލިއަން ރުފިޔާ ހަރަދުކޮށްގެން 4000 ސިލިންޑަރ ބިޑުކުރުމަކާއި ނުލާ ގެނެސްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުން އުސޫލުން ބޭރުންކަމަށް މީސްމީޑީޔާގައި މީހުންއަންނަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ