މަޖިލީހުގެ ރައީސް- ފޮޓޯ؛ ހަސަން ޒިޔާއު / ޓްވިޓަރ

ޑރ.ވަހީދު ފެނުމުން ގިނަ ދިވެހިންނަށް ބާގީއޭ ގޮވޭ: ރައީސް ނަޝީދު

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ފެނުމުން ގިނަ ދިވެހިންނަށް ބާގީއޭ ގޮވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަހީދު، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަގާވާތަކުން ބަދަލުކުރައްވައި، އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން، ވަރަށް ގިނަ ދިވެހިން ވަހީދު، ފެނުމުން "ބާގީ" އޭ ގޮވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ވަހީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ވަހީދުގެ ދެކަނބަލުން މިއަދު ހެނދުނު ކަސްރަތު ކުރުމަށް ނިކުމެ އުޅުއްވަނިކޮށް ދިމާކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ހަދާފައިވާ ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ވަހީދު ވެރިކަމާއި ހަވާލުވެ ވަޑައިގެންފައި ވަނީ، 7 ފެބްރުއަރީގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މި މައްސަލައިގާ ބެލުމަށް ހެދުނު ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓްގައި އޭރު ރާއްޖޭގައި ހިނގާދިޔީ ބަޣާވާތެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ