ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން 9 މީހުން ހައްޔަރުކޮށް 150 މީހުން ޖޫރިމަނާކޮށްފި

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް ގިނަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން އިއްޔެ ވަނީ 9 މީހަކު ހައްޔަރުކޮށްފައިކަމަށެވެ. އިއްޔެ ހައްޔަރު ކޮށްފައިވާ އެންމެނަކީވެސް މާލެއިން ހައްޔަރު ކޮށްފައިވާ މީހުންނެވެ. ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން އިއްޔެ ނިޔަލަށް ފުލުހުން ވަނީ 626 މީހަކު ހައްޔަރުކޮށްފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 576 މީހަކާއި، ހުޅުމާލެއިން ހައްޔަރު ކުރި 47 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރު ކުރި 3 މީހެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރީ 88 މީހުންކަމަށެވެ.

މީހެ އިތުރުން ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން އިއްޔެ ވަނީ 150 މީހަކު ޖޫރިމަނާވެސް ކޮށްފައެވެ. ޖޫރިމަނާ ކޮށްފައިވަނީ މާލެއިން 146 މީހަކާއި ވިލިމާލެއިން 4 މީހެކެވެ. މިހާތަނަށް ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން 9361 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ މާލެއިން ޖޫރިމަނާކުރި 8378 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާ ކުރި 833 މީހެއްގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 150 މީހެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިޢުލާން ކުރި ފުރަބަންދަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ