އެމެރިކާގެ ސިފައިންގެ މީހެއް ޖާސޫސް ކުރިކަމުގެ ކުށުގައި ރަޝިޔާގައި ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ރަޝިޔާގައި ޖާސޫސްކުރި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ހަތަރު ގައުމުގެ ޕާސްޕޯޓު އޮންނަ އުމުރުން 50 އަހަރުގެ ޕައުލް ވިލަން ރަޝިއާގައި ހައްޔަރުކޮށްފައިވަނީ އެގައުމުގެ ވެރިރަށް މޮސްކޯއިން 2018 ވަނަ އަހަރު ޔޫއެސްބީ ޑުރައިވް އަކާއެކީއެވެ.

ރަޝިއާ ފުލުހުން ބުނެފައިވަނީ، ވިލަން ހައްޔަރުކުރިއިރު އޭނާގެ އަތުން ފެނުނު ޑުރައިވްގައި ދައުލަތުގެ ގިނަ ސިއްރުތަކެއް ހުރިކަމަށެވެ. ނަމަވެސް، ވިލަން މިވާހަކަތައް ދޮގުކުރެއެވެ. އަދި އެކަމަކީ އޭނާ ފުރޭމްކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ވިލަން އާއި ދެކޮޅަށް ކުރިއަށް ދިޔަ ޝަރީއަތުގައި ކީވާހަކަތައް އޭނާއަށް ނޭންގޭ ކަމަށާއި ބަސް ތަރުޖަމާކުރާނެ މީހަކުވެސް ފޯރުކޮށްދީފައި ނުވާކަމަށް ވިލަން ބުނެއެވެ.

މިމައްސަލައިގައި އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓްވަނީ ވިލަން ވަގުތުން ދޫކޮށްލުމަށް ރަޝިއާއަށް ގޮވާލައިފައެވެ. މިގޮތުން، ސެކެރެޓަރީ އޮފް ސުޓޭޓް ވިދާޅުވެފައިވަނީ ރަޝިއާގެ ކޯޓަކުން ސިއްރިއްޔާތުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހެއްގައި ވިލަން އަށް މިއަދުކުރި ހުކުމް އެމެރިކާއިން ބަލައި ނުގަންނަ ކަމަށެވެ. އަދި ވިލަން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އެމެރިކާ އާއި ރަޝިއާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ދެގައުމެވެ. ނަމަވެސް ޑޮނަލްޑް ޓުރަމްޕް އެމެރިކާގެ ރައީސްކަމާއި ހަވާލުވީފަހުން ދެގައުމުގެ ގުޅުންވަނީ ވަރަށް ބޮޑުތަނުން ބަދަހިވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ