އދ. އަތޮޅުގައި ތަރައްޤީ ކުރަނުންދާ ހުރަވަޅީ ރިސޯޓުގައި މީހަކު ދަންޖެހިއްޖެއެވެ.
ދަންޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.
ޖަންޖެހުނު ބިދޭސީ މީާގެ ހަށިގަނޑު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން ބަހެއް ވިދާޅުވެފައި ނުވާއިރު، މި މީހާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދުއެވެ.




