ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

މިނިމަމް ވޭޖް ކަނޑައަޅަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން - ފިނޭންސް މިނިސްޓަރ

މިނިމަމް ވޭޖް ކަނޑައަޅަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް މިނިމަމް ވޭޖް ލާޒިމު ކުރަން ވާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ދެވުނު ދުވަހަކުން ކަމަށެވެ.

އެގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގެ އިޤްތިސޯދު ވެސް އަދި ރާއްޖޭގެ އިޤްތިސޯދު ވެސް ބަދަލުވެގެން ދާނީ ކިހިނެއްކަމެއް މިވަގުތު ނޭނގޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރުގެ ކުރީކޮޅު އޮތް ހާލަތަށް ދާނީ 2022 ވަނަ އަހަރު ކަމަށް ލަފާކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ. މިކަމާ ގުޅިގެން އިތުރު ދެ ބިލިއަން ރުފިޔާ ގާތްގަނޑަކަށް ބޭނުންވާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ މިއަހަރު ބަޖެޓު ކޮށްފައިވާ އަދަދުތަކެއް ނޫން ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރުގެ އިތުރުން ، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުންވެސް މީގެ ކުރިން ވަނީ މިއީ މިނިމަމް ވޭޖް ކަނޑައަޅަން ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށްފައެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ