"ބުލެކް ލައިވްސް މެޓަރ" ބެނާ އެމެރިކާގެ އެމްބަސީއިން ނަގައިފި

"ބުލެކް ލައިވްސް މެޓަރ" މިހެން ލިޔެ ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އެމްބަސީގައި ދަމައިފައިވާ ބެނާ ނަގައިފިއެވެ.

މި ބެނާ އެމްބަސީގައި ދަމައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް މި ބެނާވަނީ އިއްޔެ ނަގައިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ބެނާ އެމްބަސީއިން ނަގައިފައިވަނީ އެމެރިކާގެ ލީޑަރުންގެ ފިއްތުންތަކާއި ގުޅިގެންނެވެ.

ބުލެކް ލައިވްސް މެޓަރ ބެނާ އެމްބަސީއިން ނެގުމަށްފަހު އެމްބަސީއިިން ބުނެފައިވަނީ، އެމްބަސީގެ ފަރާތުން އެއްވެސް ބަޔަކަށް އެހީތެރިކަމާއި ސަޕޯޓް ހޯދައިދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

އެމްބަސީގައި މި ބެނާ ފުރަތަމަ ދެމިއިރު ބެނާގެ ފޮޓޯއެއް ނަގައިވަނީ އ މޫވްމެންޓަށް ތާއީދުކުރާކަން ހާމަކޮށް ކޮރެއާ ބަހުންނާއި އިނގިރޭސި ބަހުން މެސެޖެއްވެސް ލިޔެފައެވެ.

އެމެރިކާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެމްބަސީގައި ބެނާ ނެގި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއި އަދި ސެކެރެޓަރީ އޮފް ސްޓޭޓްވަނީ ވަރަށް ބޮޑަށް ހިތަހަމަ ނުޖެހިފައެވެ.

އެމެރިކާގެ ފުލުހުންގެ އަތުން އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވުމާއި ގުޅިގެން އަންނަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މިމުޒާހަރާތައް މިހާރުވަނީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ކުރެވޭ އިޖުތިޖާޖަކަށް ބަދަލުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ