ހުޅުލެ-ހުޅުމާލެ ގުޅިވައިދޭ ހައިވޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުލެއިން މާލެއާ ވީކޮޅަށް ހައިވޭގައި ދުއްވާފައި އައި ސައިކަލަކާ ކާރެއް ޖެހިގެންނެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާން ފިރިހެނަކަށެވެ. އެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ހައިވޭގައި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް އަނިޔާވިއިރު، މިއަދު ހަވީރު ފުރުޤާން މިސްކިތް ކުރިމަތިން ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ.
ބަރަކާތްތެރި ރަމަޟާން މަހާއެކު، މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުގައި އިންތިހާއަށް އިތުރުވެފައިވާއިރު، ހުޅުމާލޭގައި ދުއްވި ބަހެއްގެ ޑްރައިވަރަށް ނިދިޖެހި ޔޫކަރެއިން މީހަކު މަރުވެފައިވެސް ވެއެވެ.
އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ފުލުހުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.