ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓްގެ ޚިދުމަތް ދެމުންއަންނަ ސްޓެލްކޯއިން ވިދާޅުވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދާނެ ކަމަށާއި، ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުކުރަމުން ދާކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެކަން ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.
— STELCO (@STELCOMALDIVES) June 17, 2020
މިކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ މަޢާފަށް އެދި، ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.




