"ޤާނޫނު އަސާސީއާއި ޚިލާފަށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ އެއްކުރެވިގެން ނުވާނެ"

ޤާނޫނު އަސާސީއާއި ޚިލާފަށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ އެއްކުރެވިގެން ނުވާނެކަމުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެއް ހުށައެޅި އެ ބިލުގެ ބަހުސްތައް ފަށާފައިވަނިކޮށެވެ. އެގޮތުން އެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުންތަކެއް ވަނީ ފުލުހުންގެ ފަރާތުން ފެންނަމުންދާ ބަލައި ނުގަނެވޭ އެތައްކަމެއް ފާހަގަ ކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން އިއްޔެ މަޖިލީހުގައި ވާހަކަ ފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެހެން ނަމެއް ކިޔާ އެހެން ކުލައެއްގެ ފުލުހުސް އޮފީހެއް ބޭނުންވާ ކަމަށް މެންބަރުން އެދިވަޑައިގަންނަވާކަމަށެވެ. އަދި އެ ފުލުސް އޮފީހަކީ މިހާރުގެ ފުލުހުސް އޮފީސް ހުންނަތަންނޫން އެހެން ތަކެއްގައި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދޅުވެފައި ވަނީ ފުލުހުންގެ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙަކީ އެހެން ސަލާމަތީ ޚިދުމަތަކާގުޅޭ ބިލެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ފުލުހުންނާ ސިފައިން ފޯރުކޮށްދެނީ ތަފާތު ދެޚިދުމަތެއްކަމަށާއި، ދެމުއައްސަސާގެ ބާރުތަކާ ގެންގުޅޭ ހަތިޔާރުވެސް ތަފާތު ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ހައިލަމް އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް އެ ދެމުއައްސަސާ އެއްކުރެވިގެން ނުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ