ކަނޑުގަދަވެ، ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް އެލާޓް ނެރެފި

މޫސުންގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު13:35 އިން ފެށިގެން ހަވީރު18:00 އާއި ހަމައަށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު19 މޭލާއި24 މޭލާއި ދެމދުގެ ބާރުމިނެއްގައި ވައިޖެހޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައިގަދަވުންއެކަށީގެން ވާކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ކަނޑުތަށް ގަދަވާނެ ކަމަށްވެސް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި ގަދަވާނެކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ