ގއ. މާމެންދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވް ވެފައިވަނީ، އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.
މާމެންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަޢީމް މިނޫހަށް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ މާލެއިން ކަރަންޓީނަށް ރަށަށް އައިސްފައިވާ ފަރާތެއްކަމަށެވެ. އެމީހާ އެރަށަށް އައިސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށްވެސް ޒަޢީމް ވިދާޅުވިއެވެ.
އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އަންގާފައިވަނީ މިއަދުކަމަށްވެސް ޒަޢީމް ވިދާޅުވިއެވެ. ޓެސްޓް ހެދުމަށް އޭނާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޕޮޒިޓިވްވި މީހާއާ އެކު އިތުރު ދެ މީހުން ވެސް އެ ގޭގައި ކަރަންޓީންގައި ހުރިކަމަށާއި ނަމަވެސް ސާމްޕަލް ނަގާފައިވަނީ ޕޮޒިޓިވްވި މީހާގެ އެކަނި ކަމަށް ޒައީމް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 2120 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 1677 މީހަކުވަނީ މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި8 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.



