ކޮވިޑް-19 އާއި ގުޅިގެން އެޕަލްއިން އަނެއްކާވެސް ރީޓެއިލް ފިހާރަތަކެއް ބަންދުކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ޓެކުނޮލެޖީ ކުންފުނި އެޕަލް އިން އަނެއްކާވެސް އެކުންފުނީގެ ރީޓެއިލް ފިހާރަތަކެއް ވަގުތީގޮތުން ބަންދު ކުރުމަށް ނިންމައިފިއެވެ.

މިގޮތުން އެޕަލްއިންވަނީ އެމެރިކާގެ ފުލޮރިޑާ، ނޯރތް ކެރޮލީނާ، ސައުތު ކެރޮލީނާ، އަދި އެރިޒޯނާގައި ހުންނަ އެކުންފުނީގެ 11 ރީޓެއިލް ފިހާރަ ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފައިވާކަން ހާމަކޮށްފައެވެ.

މީގެ ކުރިންވެސް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޕަލްއިންވަނީ އެކުންފުނީގެ ފިހާރަތަކެއް މާރޗް މަހުގެ ތެރޭގައި ބަންދުކޮށްފައެވެ.

އެޕަލް ކުންފުނިން އެކުންފުނީގެ 11 ފިހާރަ ބަންދުކުރިކަން ހާމަކުރަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިދުމަތް ދެމުންދާ ބަޔެއް މުޖުތަމައުތަކުގައި ކޮވިޑް-19ގެ ހާލަތައް ބަލައި އެ މުޖުތަމައުތަކުގައި ހުންނަ އެޕަލް ކުންފުނީގެ ރީޓެއިލް ފިހާރަތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތު ރަނގަޅުވީ އެންމެ އަވަހަކަށް ބަންދުކުރި ފިހާރަތައް ހުޅުވައި އަލުން ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އެޕަލް ކުންފުނިން އެ ކުންފުނީގެ 11 ފިހާރައެއް ބަންދުކުރާނެކަން އިއުލާން ކުރުމާއި ގުޅިގެން ހިއްސާގެ ބާޒާރަށްވަނީ އެކަމުގެ ލޮޅުން އަރައިފައެވެ. މިގޮތުން އެޕަލް ކުންފުނީގެ ހިއްސާގެ އަގުތައްވަނީ 0.5 އިންސައްތައަށް ދައްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ