ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

15 އަހަރުގެ ކުއްޖަކު، ގޭގައި ވިއްސި ދަރިފުޅު ނިޔާވެއްޖެ

ރާއްޖޭގެ ރަށެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކު ގޭގައި ވިހަން އުޅުމުގެ ތެރޭގައި ތުއްތު ދަރިފުޅު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މެއި 13 ވަނަ ދުވަހު ހެނދުނު 07:10 ހާއިރު 15 އަހަރުގެ ކުއްޖަކު ވިހައިގެން އަދި ވިހޭ ކުއްޖާ މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

އެނގިފައިވާ ގޮތުގައި މެދުރާއްޖެތެރޭ ރަށެއްގައި، ގޭގައި ކުއްޖާ ވިއްސަން އުޅުނީ ކުއްޖާގެ މަންމަ އާއި އިތުރު މީހަކު ވެގެންނެވެ. މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނެވެ.

މާބަނޑުވި ކުއްޖާ އަކީ ގްރޭޑް 9 ގައި ކިޔަވަމުން އައި ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ސްކޫލަށް ނުދާ ކަމަށް ވެއެވެ.

15 އަހަރުގެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭނާ މާލެ ގެންނަން އެރަށުން ފުރި އިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ 15 އަހަރުގެ އެ އަންހެން ކުއްޖާ މަރުވެއްޖެކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ