މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާމެންދޫއިން މިއަދު ކޮވިޑަށް ޕޮޒިޓިްވވެފައިވަނީ ކުރިން އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހާއާއެކު އެއްގޭގައި ތިބި ދެމީހުންނެވެ. އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުންނެވެ.

މިމީހުން ރަށަށް ގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުންނެވެ.

އެ ފްލައިޓުން 40 މީހުން ދަތުރުކުރި ކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައިވާއިރު، އެރަށުން ފެނުނު ފުރަތަމަ ކޭސްގެ ކޮންޓެކްޓު ޓްރޭސިން އަށް ފަހު މާމެންދޫ އަދި ގެމަނަފުށި މޮނީޓަރިން އަށް ލުމާމެދު ގޮތެއް ނިންމާނެކަމަށް އެންއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 2150 އަށް އަރާފައިވާއިރު، މިބަލިން 1769 މީހަކުވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި ރާއްޖެއިން 8 މީހަކު ނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ