ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ކެރެމަލް ކަސްޓަޑް ބްރެޑް ޕުޑިންގ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- ¼ ޖޯޑު ހަކުރު (ކެރެމަލް ހެދުމަށް)
- 6 ފޮތި ޕާން (ކައިރި ނަގާފައި)
- ¼ ޖޯޑު ކަސްޓަޑް ޕައުޑަރު
- ½ ޖޯޑު ފެން
- 1 ½ ކިރު
- ½ ޖޯޑު ހަކުރު
ތައްޔާރުކުރާނެ ގޮތް:
ތަވައަކަށް ¼ ޖޯޑު ހަކުރު އެޅުމަށްފަހު ހަކުރުގަނޑު ރަތްވަންދެން ކައްކާލާށެވެ. އެއަށްފަހު ހަކުރުގަނޑު ޓްރޭ އަކަށް އަޅައި އެއްފަރާތެއަގައި ބަހައްޓާލާށެވެ.
ކައިރި ނަގާފައިހުރި ޕާން ފޮތިތަށް ކުދިކޮށް ކޮށާލުމަށްފަހު ހިމުންވާ ވަރަށް މިކްސަރަށް އަޅައި ފުނޑާލާށެވެ. އަދި ކޮންޓެއިނަރެއްގައި ¼ ޖޯޑު ކަސްޓަޑް ޕައުޑަރު އަދި ½ ޖޯޑު ފެން އެއްކޮށްލުމަށްފަހު ގަނޑު ނުލާނޭހެން ގިރާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ކޮންޓެއިނަރެއްގައި 1 ½ ޖޯޑު ކިރު އަދި ½ ޖޯޑު ފެން ގިރާލުމަށްފަހު ތަވައަކަށް އަޅާފައި މަޑު ގިނީގައި ކައްކާލާށެވެ. މިމިކުސް ރަނގަޅަށް ކެކެން ފެށުމުން ކުރިން ގިރި ކަސްޓަޑް މިކްސް މީގެ ތެރެއަށް އަޅާލުމަށްފަހު އޮލަވަންދެން ކައްކާލާށެވެ. ގަނޑުލުން ހުއްޓުވުމަށް މިމިކުސް ކެކެމުންދާއިރު މަޑު މަޑުން ސަމްސަލަކުން ގިރަމުން ގެންދިއުމަށް ހަނދާން ކޮށްދެމެވެ.
މިމިކުސް އޮލަވުމުން ގިނި މަޑުކޮށްލުމަށްފަހު މީގެ ތެރެއަށް ކުރިން ހިމުންކުރި ޕާންކުނޑި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ޕާންކުނޑި އެއްކުރަންވާނީ މަދުމަދު އެތިކޮޅު އަޅައިގެން ގަނޑު ނުލާވަރަށެވެ.
އެއަށްފަހު މިމިކުސް ކުރިން ރަތްކުރި ހަކުރުގަނޑުގެ މައްޗަށް އަޅާލުމަށްފަހު އާވިން ފިހެލާށެވެ. ޕުޑިންގ ފިހެވުމުން ފިނިކުރުމަށްފަހު ކާލަން ވަރަށް މީރުވާނެއެވެ.
މިހާރު މިވަނީ ކެރެމަލް ކަސްޓަޑް ބްރެޑް ޕުޑިންގ ތައްޔާރުކޮށް ނިމިފައެވެ.




