މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ފުރަބަންދު އިއުލާނުކޮށް ގިނަ ދުވަސްތަކެއް ވަންދެއް ބޭއްވުމަށްފަހު ދާދި ފަހުން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެއާއެކު މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ މީހުން ބޭރަށް ނިކުމެ އުޅޭ މަންޒަރުތައް ވަނީ ފެންނަން ފަށާފައެވެ.
އާންމުންގެ ފަރާތުން ފެންނަ މި މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ނަތީޖާއެއް ފެނިދާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.
ޑރ. ލަތީފް ވިދާޅުވީ ފުރަބަންދު ލުއި ކުރުމާއެކު މާލެއިން ފެންނަނީ ވަރަށް ގިނަ މީހުން އެއްވާ މަންޒަރު ކަމަށެވެ. އޭގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުމަކީ ވަރަށް ގާތް ކަމެއް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެވަރަށް "ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ މާލެ އަނެއްކާވެސް ލޮކްޑައުންކުރަން،" ޑރ. ލަތީފް ވިދާޅުވިއެވެ.
ލޮކްޑައުންނަކަށް ދާން ބޭނުންނުވާނަމަ، ކޮންމެހެންވެސް މަޖުބޫރު ކަމެއްގައި ނޫނީ ބޭރަށް ނުދިޔުމަށް އާއްމުންނަށް ޑރ. ލަތީފް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 2187 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ގިނަ މީހުން މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.8 މީހަކު މިބަލީގައި ނިޔާވެފައި ވާއިރ،ު މިބަލީގައި މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 389 އެވެ.





6 Responses
Habaru suruhee nagan neyguneema varah dhera. Feshumakahves thivaru balaeh nuganeveyne. Shukuriyyaa.
Emme meeheh dhemeeheh kuraa kamaku ehn meehun nah eyge udhagulaa thakuleef ufulan jehenee.. Dhivehin dhivehin ge gothuga..
Dhe meehuneh nooneh nu nukun many magu mahchah lui they irah kosheega bandhunkohfa thibey dhoonithakeh koshin ddhookohleema vaahen mivany
Not every one is going out, the smart ones are staying at home, it’s the covidiots who are out and about being a public nuisance
ދިވެހީން ދިވެހިންގެ ގޮތުގައި
Suruhee kiyaafa ma heekuree aslu ves lockdown kuranee kamah alun. Boa halaaku!