ރަކީދޫ އާއި ވަންދޫގެ ބަނދަރު މަސައްކަތް ފަށައިފި

ވ. ރަކީދޫ ބަނދަރު ހެދުމާއި، ރ. ވަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ރަކީދޫ ބަނދަރު ސަރަހައްދު ފުން ކުރުމާއި ބްރޭކްވޯޓާ އާއި ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގެ ޕޭވްމެންޓް ހެދުމާއި ބޮކި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މީގެ އިތުރުން ރ. ވަންދޫ ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ވަންދޫ ބަނދަރުގައި މިހާރު ހުރި ސިމެންޓް ބޭގް ވޯލް ސްޓްރަކްޗަރާއި ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ތަންތަން ނެގުމާއި، ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 75 މީޓަރުގެ އެއްގަމު ތޮށްޓެއްލާ، ކުރިން ހަލާކުވެފައި ހުރި ތަންތަން ޕްރީކާސްޓް ބްލޮކްސް ބޭނުންކޮށްގެން ބެއްދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މި ދެ ޕްރޮޖެކްޓަށް 24.49 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ