ކަޝްމީރުގައި އިންޑިއާ ސަރުކާރުން ކޮންޓުރޯލްކުރާ ސަރަހައްދުގެ މައި ސިޓީ ކަމަށްވާ ސުރީނަގަރުގައި އިންޑިއާ ސިފައިން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންގެ ތިންމީހުން މަރާލައިފިއެވެ.
ހަނގުރާމަވެރިންނާއި އަދި އިންޑިއާ ސިފައިންނާއި ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތިން މީހުން މަރާލައިފައިވާއިރު ފާއިތުވެދިޔަ 20 ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންވަނީ ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ތެރެއިން30 ވުރެ ގިނަ މީހުން މަރާލައިފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލްކުރުމަށް އިންޑިއާގައި ފުރަބަންދު އިއުލާން ކުރިފަހުން އިންޑިއާ ކޮންޓުރޯލްކުރާ ކަޝްމީރުގެ ސަރަހައްދުތަކުގައި ސިފައިން ހިނގާ އަސްކަރީ އޮޕަރޭޝަންތައް ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ.
ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަކީ އެސަރަހައްދު އިންޑިއާގެ ބާރުގެ ދަށުން މިނިވަން ކުރުމަށް ހަނގުރާމަކުރަމުންދާ ބަޔެކެވެ. އަދި މިފަދަ ހަނގުރާމަވެރި ގުރޫޕުތަކަށް އެސަރަހައްދުގެ ގިނަ އަދަދެއްގެ ތާއީދު އޮވެއެވެ.
އިންޑިއާ ސިފައިންގެ 500،000 ވުރެ ގިނަ ސިފައިން ކަޝްމީރު ސަރަހައްދަށް ފޮނުވައިފައިވާއިރު މި ސަރަހައްދުގައި އިންޑިއާ ސިފައިން އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި އަދި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން އާމުންނާއި ދެކޮޅަށް ބޭނުންކުރާ ކަމުގެ ރިޕޯޓުތައް ދޭތެރެ ދޭތެރެއިން ލިބެއެވެ.





ހިޔާލު
މި ޢިންޑިއާ މިއުލެނީ ކިނެއްވެެގެން އަބަދުވެސް ކޮމެވެސް ބަޔަކައް ހަމަލާދީ ބަޔަކުމަރާލައިގެން