ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން މުޅި ދުނިޔެއަށް ދެމުންދާ މިދަނޑިވަޅުގައި ކޮވިޑް-19 އަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ފުރާންސުގެ ގިނަ ސަރަހައްދު ތަކެއްގައި މިޔުޒިކު ޑޭ ފާހަގަ ކޮށްފިއެވެ.
މިޔުޒިކު ޑޭއަކީ ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހު ފާހަގަކުރާ ގަދީމީ މުނާސަބަތެކެވެ. މިގޮތުން މިދުވަސް އެންމެ ފުރަތަމަ ފާހަގަ ކޮށްފައިވަނީ 1982 ވަނަ އަހަރު ޕެރިހުގައެވެ. މިހާރު ދުނިޔޭގެ އެކިހިސާބުން މިދުވަސް 120 ގައުމެއްގައި ދަނީ ފާހަގަ ކުރަމުންނެވެ. މިޔުޒިކު ޑޭއަކީ މިޔުޒިކާ ނެށުމުގެ ދުވަހެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މިދުވަސް ދިމާވެފައިވަނީ ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށްވާ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުންދާ ދުވަސްވަރަކާއެވެ. މި ބަލިމަޑުކަމުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދުނިޔޭގެ ގައުމުތަކުންވަނީ އަޅައިފައެވެ. މިގޮތުން ފުރާންސުންވެސްވަނީ މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.
ނަމަވެސް، މި ފިޔަވަޅުތަކައް ބެލުމެއް ނެތި ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ، ރައްކާތެރި ވުމަށް އަޅަން އަނގައިފައިވާ ފޭސްމާސްކު ބޭނުން ކުރުމަކާއި ނުލައި މިޔުޒިކުޑޭވަނީ ފާހަގަ ކޮށްފައެވެ. މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ގިނަ އަދަދެއްގެ ބަޔަކު މިޔުޒިކާއި ނެށުމުގައި ހަރަކާތްތެރިވާ މަންޒަރެވެ.
Ce n’est pas du tout ce que le deconfinement dit progressif impliquait. Je comprends que la fête de la musique soit libératoire mais ne pouvait-on l’éviter cette année ? Une reprise de l’épidémie serait catastrophique également sur le plan psychologique. https://t.co/WCipXX8jGz
— deray gilbert (@GilbertDeray) June 21, 2020
މިގޮތުގެމަތިން، މިޔުޒިކުޑޭ ފާހަގަ ކުރުމުގެ ތެރެއިން ބަޔެއް ސަރަހައްދުތަކުގައި ފުލުހުންނާއި އާމުންގެ ކުރިމަތިލުންތައް ހިނގައި ފުލުހުންވަނީ ކަރުނަގޭސްވެސް ބޭނުން ކޮށްފައެވެ. އަދި މިގޮތަށް ހިނގި ކުރިމަތިލުންތަކުގައި ހަތްމީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމުތަކުގެ ތެރޭގައި ފުރާންސްވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިބައްޔަށް ފުރާންސްއިން މިހާތަނަށްވަނީ 160,377 މީހުން ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި ފުރާންސްއިން 29,640 މީހުންވަނީ މަރުވެފައެވެ.