ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި - އިމްރާން

ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ޖަލުތަކުގެ އާބާދީއާ ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މިވަގުތު ހަތަރު ޖަލެއް ހުރި އިރު، އެ ޖަލުތަކުގެ ޖާގައަކީ 1،300 މީހުން ކަމަށެވެ. އެހެންނަމަވެސް މިވަގުތު ޖަލުތަކުގައި 1،800 މީހުން އެބަތިބިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. މިއީ ގާތްގަޑަކަށް 40 އިންސަންތަ އިތުރު އަދަދެކެވެ.

މިހެންކަމުން ޖަލުތަކުގެ އާބާދީ މަދު ކުރުމަށާއި އެކަށީގެންވާ ޖަލުތަކެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ޖަލުތަކުގެ އާބަދީ މަދުކޮށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގިރާމް ދީގެން މުޖުތަމައަށް ދޫކުރުން،" އިމްރާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ