މަސްވެރިންތަކެއް މަސް ބާނަނީ | ފޮޓޯ: މިހާރު

މަސްވެރިއެއްގެ ލޯ މަތީގައި މަހަކުން ޖެހި ހާލު ދެރަވެއްޖެ

މަސްވެރިއެއްގެ ލޯ މަތީގައި މަހަކުން ޖެހި ހާލު ދެރަވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މަސްވެރިކަން ކުރަން އުޅުނު "މިޔަރެން" ނަމަކަށް ކިޔާ ދޯނީގައި ހުރި ފަޅުވެރިއެއްގެ ލޯ މަތީގައި، ބޭނި މަހަކުން ޖެހި، އެމީހާގެ ހާލު ދެރަވެގެން އެމްއެންޑީއެފް ނޮދާން އޭރިއާ، ކޯސްޓުގާޑު ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބޭނި މަހަކުން ލޯމަތީގައި ޖެހި ހާލު ދެރެވެފައިވަނީ ށ. ފޯކައިދޫގެ އިރު އުތުރުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު މި ދޯނީގައި ހުރި 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓަށް ލިބިފައިވަނީ މިއަދު ހެނދުނު 9:14 އެހާއިރު ކަމަށެވެ.

މިފަދަ ކަނޑު މަތީގެ ހާދިސާ ތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑު ސްކޮޑަރުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ