ހަނދާންނެތިގެން އޭޓީއެމްއަށް ދެން ކާޑު ދޫކޮށެއް ނުވެލޭނެ!

އޭޓީއެމްއިން ރުފިޔާ ނެގުމަށްފަހު، ކާޑު މަތިން ހަނދާން ނެތިގެން ކާޑު އޭޓީއެމްއަށް ދޫކޮށްލާފައި ގެއަށް އަންނަ މީހުން މިރާއްޖޭގައި ވަކި މަދެއް ނުވާނެއެވެ.

މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ބީއެމްއެލްއިން މިވަނީ އޭޓީއެމްއިން ފައިސާ ނެގުމުގައި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބީއެމްއެލްއިން ވިދާޅުވީ، މިއަދުން ފެށިގެން ބީއެމް އެލް ގެ ހުރިހާ އޭޓީއެމްތަކުން ފައިސާ ނެގޭނީ ކާޑު ނެންގެވުމުންކަމަށެވެ.

"މިހާރު ފައިސާ ލިބިވަޑައިގަންނަވާނީ ކާޑު ނެންގެވުމުން." ބީއެމްއެލްއިން ވިދާޅުވިއެވެ.

އަދި ބީއެމްއެލްއިން ވިދާޅުވި ގޮތުގައި މިގޮތަށް ބަދަލުތައް ގެނެސްފައިވަނީ ކަސްޓަމަރުންގެ ފީޑުބެކަށް ބެލުމަށް ފަހުކަމަށެވެ. އެގޮތުން ރުފިޔާ ނެގުމަށް ފަހު، ހަނދާން ނެތިގެން އޭޓީއެމް އަށް ކާޑު ދޫކޮށްފައި ދެވޭކަމުގެ ގިނަ ޝަކުވާތަކެއް ބޭންކަން ލިބިފައިވާކަން އެބޭންކުންވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލްއިން ވިދާޅުވީ، އޭޓީއެމްއިން ފައިސާ ނެގުމަށް ގެނެވުނު މިބަދަލާއެކު ހަނދާނެތިގެން އޭޓީއެމްގައި ކާޑު ބަހައްޓާފައިވާ ދެވޭ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް

3 Responses

  1. Meema

    Dhen laari nagaakah handhaaneh nuhunnane ?

  2. މީހެއް

    Dhen laati nagaakah handhaaneh nuhunnane ?

    • ހަސަނު

      ކަލޭ ތިބުނީ ހެޔޮކޮށް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ