ސްރީލަންކާ ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ

އަވައްޓެރި ލަންކާއިން ދިވެހި އާޢިލާއެއް ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާއިން ދިވެހި އާޢިލާއެއް ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެޢާއިލާ ހައްޔަރުކޮށްފައިވަނީ ޤަވާއިދާ ހިލާފަށް ސްރީލަންކާގައި ދިރިއުޅެމުންދާތީއެވެ. އަދި ލަންކާއިން ދިވެހި އާޢިލާއެއް ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު އާއި ޙަވާލާދީ އޮންލައިން ނޫސް 'އަވަސް' ގައި ބުނެފައިވަނީ، ލަންކާއިން ދިވެހި ޢާއިލާއެއް ޙައްޔަރުކުރިކަމުގެ މަޢުލޫމާތު ލިބިގެން އެމިނިސްޓްރީއިން އެކަން ބަލަމުންދާކަމަށާއި، ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ޤައުމެއްގެ ޤާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޢިލްތިމާސްކުރާކަމަށެވެ.

އަދި މިކަމުގެ މާބޮޑު ތަފްޞީލެއް ނޭނގޭކަމަށާއި، ރާއްޖޭއިން ބޭރުގައި ތިބި ހުރިހާ ދިވެހިންވެސް ވިސާގެ ކަންކަމުގައި ސަމާލުކަން ބެހެއްޓުމަށްވެސް މިއުވާން މުހައްމަދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ލަންކާއިން ދިވެހިން ހައްޔަރުކޮށްފައިވާއިރު، އެޤައުމުގެ ސަލާމަތީ ބާރުތަކުން އެޤައުމުގައި ހިންގާ އޮޕަރޭޝަންތައް ވަރުގަދަ ކޮށްފައި މިވަނީ އެޤައުމުގައި މިދިޔަ އަހަރުދިން ނުރައްކާތެރި ނިރުބަވެރި ހަމަލާތަކަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
3231
ގުޅުންހުރި ލިޔުންތައް

2 Responses

  1. Bondhu

    Dhuniyeyge huriaa gaumehgaives egaumehge gavaaidhah noongothakah bidheyseennakah noolheveyne.dhivehi raajje Fiyavai Raajjeygai beyrumyhun ulheykah evves huraheh neiy passport Nethas ok

  2. kesqbe

    mi gaulhuga ok dw komme gothakah ulhunas

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ