ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އަށް އިއްޔެ އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާތު ހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 20131 މީހަކަށް މިބަލި ޖެހިފައިވެއެވެ. އަދި މިބަލީގައި އިއްޔެ އެކަނިވެސް 414 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް-19 ޖެހުމާއި ގުޅިގެން އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16,103 އަށް އަރާފައެވެ. އަދި މިހާތަަށް 529,577 މީހަކަށް މިބަލި ޖެހިފައިވާއިރު، 310,146 ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ.




