ނިއުނޯމަލްގައި އާއިލާތަކާއި ރައްޓެހިންނަށް ޒިޔާރަތް ކުރެވޭނެކަން މަޖިލިސް ރައީސް އިއުލާން ކޮށްދެއްވައިފި: ޖާބިރު

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކުރި ފުރަބަންދަށްފަހު މިހާރު ދީފައިވާ ލުއިތަކާއެކު ނިއުނޯމަލްގައި އާއިލާތަކާއި ރައްޓެހިންނަށް ޒިޔާރަތް ކުރެވޭނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކޮށްދެއްވައިފި ކަމަށް ދިވެހި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކެއުން ބައްލަވަން ހުއްނެވި ޓުވީޓެއް ރިޓުވީޓު ކުރައްވަމުން ޖާބިރު ވިދާޅުވެފައިވަނީ، ފެއްނަންހުރީ އުފާވެރި މަންޒަރެއް ކަމަށާއި، ރާއްޖެ ނިއުނޯމަލުގައި އާއިލާތަކާއި ރައްޓެހިންނަށް ޒިޔާރަތް ކުރެވޭނެކަން މައިމޫނާ އިއުލާން ނުކުރި ކަމުގައިވިޔަސް ރައީސް ނަޝީދާއި އަދި އަލީ އާޒިމް އިއުލާން ކޮއްދެއްވައިފި ކަމަށެވެ.

މީގެއިތުރުން، މިކަމަށް މަރުހަބާ ވިދާޅުވަމުން ޖާބިރު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ މަންޒަރުތައް ހުރިހާ ވެރިންގެ ކިބައިންވެސް ފެއްނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި އިއުލާންކުރި ފުރަބަންދަށް މިހާރު ލުއިތަކެއް ދީފައި ވީނަމަވެސް ކޮންމެހެން ބޭނުމެއް ނެތް ގޮތުގައި ބޭރަށް ނިކުމެ ނޫޅުމަށާއި އަދި ބޭރަށް ނިކުންނަ ނަމަވެސް ރައްކާތެރިކަމަށް ސަމާލުކަންދީ މާސްކް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.

މީގެއިތުރުން ލުއިތަކާއެކު ނަމަވެސް ގާތްތިމާގެ މީހުންނަށާއި އަދި ރައްޓެހިންނަށް ޒިޔާރަތް ނުކުރުމަށްވެސް ކަމާބެހޭފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވުވެފައިވަނީ 2،305 މީހުންނެވެ. މިބަލިން 1،875 މީހުން ރަނގަޅުވެފައިވާއިރު މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ އަށްމީހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ