ކޮވިޑް-19: ދިހަ މިލިއަން މީހުންނަށް ޖެހި، ބައި މިލިއަން މީހުން މަރު ވެއްޖެ

ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރައި، އެބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 10,082,618 އެވެ. އަދި މިބަލީގައި 501,309 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 128,152 މީހަކު މަރުވެފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ބްރެޒިލް އިންނެވެ. އެޤައުމުން މިހާތަނަށް 57,103 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ޔޫކޭ އިންނެވެ. އެޤައުމުން މިހާތަނަށް 43,514 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން މިވައިރަސް ފެނުނު ފަހުން 6 މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އައިއިރުވެސް މި ބައްޔަށް ފަރުވާއެއް ނުވަނަ ވެކްސިނެއް އުފެއްދިފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ