އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ - ފޮޓޯ: ރައީސް އޮފީސް

ޓެލިކްލާސްތައް ދައްކާ ގަޑިތަކަށް ބަދަލުގެނެސްފި

ޓެލިކްލާސްތައް ދައްކާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވިދާޅުވީ، ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން " ޓެލީއާއެކު ކޮއްކޮމެން" ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެކަމަށާއި، 'ޓެލީއާއެކު ކޮއްކޮމެން' މިޕްރޮގުރާމަކީ ޔުނިސެފް ގެ އެހީތެރިކަމާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން ފުރަބަންދުގެ ހާލަތުގައި ކުދިން ގޭގައި ތިބޭއިރު ކުދިންގެ ދުވަހުގެ ތެރޭގައި، ސްކޫލް މާހައުލްގެ ތެރެއިން ދަރިވަރުންއ ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރު ކުރެވޭ ޕްރޮގުރާމެއްކަމަށެވެ.

އަދި މިއާއެކު މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާ ސިފަތަކާ އަދި ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެކަމަށެވެ.

"މި ޕްރޮގްރާމް ދައްކާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު ދެގަޑި ފަނަރައިން ދެގަޑި ސާޅީސްފަހަކަށެވެ. މިޕްރޮގުރާމް އެކުލެވިގެންވާނީ 20 މިނިޓްގެ، 15 އެޕިސޯރޑް ގެ މައްޗަށެވެ." އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.

މިގޮތުން ލިޔަން ކިޔުމަށް އިސްކަން ދީގެން ހިމަނާލާފައިވާނީ، ދިވެހި، އިގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާ ހިމެނޭގޮތަށްކަމަށާއި، ކޮންމެ އެޕިސޯރޑް އެއް އެކުލެވިގެންވާނީ 4 ސެގްމެންޓަށްކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ކޮއްކޮމެންގެ ޓެލިކިލާސް ދައްކަނީ ހަވީރުގެ ވަގުތު ތަކުގައެވެ. އެހެން ނަމަވެސް އެޑިއުކޭޝަނުން ވިދާޅުވީ، 'ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑި ތަކަށް ބަދަލު ގެނައީ މިހާރު އެ ގަޑިތައް، ފުރަބަންދުގެ ލުޔާއެކު ކުޑަކުދިން ބޭރަށް ނުކުތުމަށް ހަމަޖައްސާފައިވާ ގަޑިއާ ދިމާވާތީ، ދަރިވަރުން ބޭރަށް ނުކުމެލާ އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގައިކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ