ލަންކާއިން ރާއްޖޭގެ އިލްމުވެރިންތަކެއް ޑީޕޯޓް ކޮށްލައިފި

އަވަށްޓެރި ސްރީލަންކާއިން ދިވެހި ދީނީ އިލްމުވެރިންތަކެއް ޑީޕޯޓް ކޮށްލާފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަވަށްޓެރި ސްރީލަންކާއިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 600 މީހުން ޑީޕޯޓް ކޮށްފައިވާ އިރު، އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން އަދި ރާއްޖޭގެ މީހުން ހިމެނެއެވެ.

ލަންކާއިން ޑީޕޯޓްކޮށްލި 600 މީހުންގެ ތެރޭގައި:

  • 200 އިލްމުވެރިން ހިމެނޭ
  • ރާއްޖެއާއި ޕާކިސްތާނުގެ އިލްމުވެރިން އޭގެ ތެރޭގައި ހިމެނޭ
  • އަވަށްޓެރި އިންޑިއާގެ 100 އެއްހާ މީހުންވެސް ހިމެނޭ

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ވަރުގަދަ ނިރުބަވެރި ހަމަލާތަކަށްފަހު އެޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް އެކި ގޮތްގޮތުން ދަނީ ދަތިތަކާ ކުރިމަތި ކުރުވަމުންނެވެ. އެގޮތުން މުސްލިމުންގެ މުދަލަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތްތަކަށްވެސް ގެއްލުންދީފައިވެއެވެ.

ދިވެހިން އަވަށްޓެރި ލަންކާގައި އުޅޭއިރު އެޤައުމުގެ ޤާނޫނުތަކަށް ބޯލެނބުމަށް، ކޮލަންބޯގައި ހުންނަ ދިވެހި އެމްބަސީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް