ދަރުމަވަންތަ ހޮސްޕިޓަލު / ފޮޓޯ: އެޑިޝަން

ކޮވިޑް-19: ހާލުބޮޑު ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

ކޮވިޑް-19ގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ބޮޑުވެ، އެ ތިން މީހުން ހާލުބޮޑު ތިން މީހުން ދަރުމަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ތިން މީހެއްގެ ހާލު ގޯސްވެ، ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކޮވިޑަށް ފަރުވާދޭ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ މިސެންޓަރަކީ ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގާއިމްކުރި ސެންޓަރެވެ. އަނެއްކޮޅުން ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ މި މަހުގެ 30 އަށް ޓްރީޓޮޕް ހޮސްޕިޓަލް އެއްކޮށް ހުސްކޮށް އެހޮސްޕިޓަލް އާންމު ހާލަތަކަށް ގެންދިއުމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް މިއަންނަ ޖުލައި މަހު އަލުން ހުޅުވާލަން ނިންމާފައި ވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ޑީކޮންޓެމިނޭޓް ކުރުމަށްފަހުގައެވެ.

އަދި މިތިން މީހުންގެވެސް ހާލު ކްރިޓިކަލްކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާއިރު، އެތަނުން ދެމީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށްވެސް ވިދާޅުވިއެވެ.

މިމީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް އެޗްޕީއޭއުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖެއިން މިހާތަނަށް 2،323 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 1،911 މީހަކުވަނީ މިހާރު މިބަލިން ރަނގަޅުވެފައެވެ. މިބަލީގައި ރާއްޖެއިން 8 މީހަކުވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ