އިންޑިއާއިން ކޮވިޑް-19ގެ ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓުކުރަނީ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ދުނިޔެއިން ކުރާ މަސައްކަތުގައި އިންޑިއާއިން ބައިވެރިވެ އެ ވެކްސިން އިންސާނުންގެ ގަޔަށްޖަހައި ޓެސްޓު ކުރުމަށް އިންޑިއާގެ ކުންފުންޏަކުން ތައްޔާރުވެއްޖެއެވެ.

އަންނަމަހު އިންސާނުން ބޭނުން ކޮށްގެން ޓެސްޓުތައް ފަށަން ހަމަޖެހިފައިވާ މި ވެކްސިނަކީ މީގެކުރިން ޖަނަވާރުން ބޭނުން ކޮށްގެން ހެދި ޓެސްޓުތަކުން ނުރައްކަލެއް ނެއްކަން ޔަގީން ކުރެވިފައިވާ ވެކްސިނެއް ކަމަށް މި ވެކްސިން އުފައްދާ އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވާ ބާރަތް ބަޔޯޓެކްއިން މައުލޫމާތު ދެއެވެ.

މި ޓެސްޓު ބުރުގައި ވެކްސިން ކިހާ އަދަދެއްގެ މީހުންނަށް ދޭނެކަން ބާރަތް ބަޔޯޓެކްއިން ހާމަކޮށްފައި ނުވާއިރު ފުރަތަމަ ހެދުމަށް ހަމަޖެހިފައިވާ ޓެސްޓުތަކުން ދެނެގަންނާނީ މި ވެކްސިނަކީ އިންސާނުންގެ ގަޔަށް ޖެހުމަށް ކިހާ ރައްކާތެރި ވެކްސިނެއްތޯ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އިންޑިއާގެ ޑުރަގް ކޮންޓުރޯލް އޮތޯރެޓީއިން މިހާރުވަނީ ފޭސް 1 އަދި ފޭސް 2ގެ ކުލިނިކަލް ހިއުމަން ޓުރެއިލް ފެށުމުގެ ހުއްދަ ދީފައެވެ. މިހުއްދަ ބާރަތް ބަޔޯޓެކްއަށް ދީފައިވަނީ އެކުންފުނިން ހުށަހެޅި ޕުރީ ކުލިނިކަލް ޓުރެއިލްގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 200 އަށް ވުރެ ގިނަ ކުންފުނިން މިހާރު އަންނަނީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 15 ވެކްސިނެއް ވަނީ ކްލިނިކަލް ޓްރަޔަލްގެ މަރުހަލާގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ