ކޮވިޑް-19: އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދު ހަ ލައްކަ އަށްވުރެ މައްޗަށް

އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ހަ ލައްކަ އަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ ތަފާތު ހިސާބުތަކަށް ބަލާއިރު، މިއަދު މިވަގުތާއި ހަމަޔަށް އިންޑިޔާގައި ކޮވިޑް-19 ޖެހުނުމީހުންގެ އަދަދު ވަނީ 602,033 އަރާފައެވެ. އަދި މިބަލީގައި އެޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 17,786 އަށް އިތުރުވެފައެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާތު ހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 16,241 މީހަކަށް މިބަލި ޖެހިފައިވެއެވެ. އަދި މިބަލީގައި އިއްޔެ އެކަނިވެސް 506 މީހަކު ވަނީ މަރުވެފައެވެ.

އަދި މިހާތަަށް 602,033 މީހަކަށް މިބަލި ޖެހިފައިވާއިރު، 357,665 ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ