ގައިދީން ފެހި މާސްކް މާފުށީ ސްކޫލަށް ހަދިޔާކޮށްފި

މާފުށީ ޖަލުގެ ގައިދީން ފަހާފައިވާ 1000 ފޮތި މާސްކު، މާފުށީ ސްކޫލަށް މިއަދު ހަދިޔާކޮށްފިއެވެ.

މިގޮތުން ހަދިޔާކޮށްފައިވަނީ ކޮންމެ ދަރިވަރަކަށް ދެ މާސްކުގެ ނިސްބަތުންނެވެ.

މި މާސްކުތައް އެ ރަށުގެ ސްކޫލާ ހަވާލުކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާއެވެ.

އައު އާންމު ހާލަތުގައި ޖުލައި މަހު ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އަންގާފައިވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ