ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޓޮބްލެރޯން ކްރީމް ކެރެމަލް ޕުޑިންގ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 300 ގްރާމު ޓޮބްލެރޯން ޗޮކްލެޓު
- 1000މލ ތާޒާ ކިރު
- 10 ކުކުޅު ބިސް
- 200 ގްރާމު ހަކުރު
- 30 ގްރާމު ކަނަމަދު
- 30 ގްރާމު ކެޝޫނަޓް
- 250 ގްރާމު ހަކުރު (ކެރެމަލް ހެދުމަށް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަވެސް 250 ގްރާމު ހަކުރު ރަނގަޅަށް ކެރެމަލް ކުލަ އަރަންދެން ކައްކާލުމަށްފަހު ކެރެމަލް ފިހަން ބޭނުންވާ ޓްރޭއަށް އަޅާށެވެ. ދެން ހަކުރު ކެއްކި ތެލީގައި ކިރުފޮދު ކެއްކުމަށް އުދާށެވެ. ދެން ބިހާއި 200 ގްރާމު ހަކުރު ގަށާށެވެ. އެއަށްފަހު ކިރުފޮދު ކެކިގަތުމުން ފަރުވާތެރިކަމާއެކު ބިހުގެ ތެރެއަށް އެއްކޮށްލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ޗޮކްލެޓުކޮޅު އެޅުމަށްފަހު ވިރެންދެން ގިރާލާށެވެ. އެއަށްފަހު ތައްޔާރުކުރި ޓްރެއަށް އަޅާށެވެ. ދެން މައްޗަށް ކަނަމަދާއި ކެޝޫނަޓްކޮޅު އެޅުމަށްފަހު ފޮއިލްކޮޅަކުން މަތި ބަންދުކޮށްލާށެވެ. ޕުޑިންގ ކެއްކުމަށްފަހު ޕުޑިންގ ޓްރެއަށްވުރެ ބޮޑު އެހެން ޓްރެއަކަށް ބައި އިންޗި ހުންނަވަރަށް ފެން އެޅުމަށްފަހު މަޑުމަޑުން ޕުޑިންގ ޓްރޭ ފެންގަނޑުގައި ބައިންދައިގެން ސެޓްވަންދެން 150 ޑިގްރީގައި ކައްކާށެވެ.