ބިދޭސީން ދިވެހި ބިމުގައި ދިވެހިން ރަހީނު ކުރުމަކީ ޤައުމަށް ޤައްދާރުވުން - މާރިޔާ

ބިދޭސީން ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ ޤައުމަށް ޤައްދާރުވުން ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ބ. ބޮޑު ފިނޮޅުގައި އިއްޔެގެ ވަގުތެއްގައި ބިބޭސީންތަކެއްވެގެން 15 ދިވެހިން ރަހީނު ކުރި މައްސަލައާއި ގުޅިގެންނެވެ.

މި ހާދިސާއާއި ގުޅިގެން ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ ބިދޭސީންގެ ޙައްޤު ހޯދަން ރާއްޖޭގެ ކޯޓުތަކާއި، އެޗްއާރުސީއެމްގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި އަދި މިނޫންވެސް އެތައް ޤާނޫނީ އިންތިޒާމްތަކެއް ހުންނަކަމަށެވެ.

ބީދޭސީން ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން އޯކޭ ކަމެއްކަމުގައި ދުށުން އެއީ ޤައުމަށް ޤައްދާރުވުން ކަމަށް ދެކޭކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ދިވެހިން ރަހީނު ކުރި މައްސަލައާއި ގުޅިގެން ފުރަތަމަ ބޮޑު ފިނޮޅަށް ދިޔަ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައެވެ. އަދި އިތުރު ފުލުހުންނާއެކު ރޭ ފުލުހުން އެ ރަށަށް ދިއުމުން އެ ރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންނާއި ދިމާލަށް ދަނގަނޑުބުރިއާއި ގާ ވެސް އުކާފައެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގަައި ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އިތުރު ފުލުހެއްގެ އިނގިލިވެސް ވަނީ ބިންދައިގެން ގޮސްފައެވެ. އަދިވެސް އިތުރު ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރަހީނު ކޮށްފައިވާ ދިވެހިން ސަލާމަތް ކޮށްފައިވަނީ ފުލުހުންގެ އިސް ދެ އޮފިސަރުންނާއި ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓަކާއި، ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުންގެ އިތުރުން ތަހުގީގު ޓީމެއްގެ ރޭ ފަތިހުގެ ވަގުތެއްގައި އެރަށަށް ގޮސް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

4 Responses

  1. Warum

    Maariyaa you hama tha nuni you ah khineh vegen.thi ulheynu

  2. ސަޢީދު

    ގަވާއިދާޚިލާފި200މީހުންމިރާއްޖެއިންޑީޕޯޓްކުރަންވާނީދުވަހަކުވެސްމިގައުމައްނާދެވޭގޮތައް އަދި ދިވެހިންރަހީނުކުރިކަމުގެކުށުގައި ޓެރަރިޒަމްގެދައުވާއެމީހުންނަ ކުރަންޖެހޭ ކުރަންވާނެ

  3. ޖާރިޔާ

    އެކަން އޯކޭވީ ކާކަށް އޯކޭވާނީވެސް ކަލޭމެނަށް ކަލޭމެން ޕާޓީގެ ސޮރެއްގެ ކަމެއްވީމަ އެހުރިހާކަމެއްވެސް އޯކޭވާނީ ތިރީންދޫ ޕާރޓީ ކުދިންނަށް…އެހެންނޫނަސް ޤައްދާރުން އެހެންމީހުން ޤައްދާރު ވާވާހަކަ ދެއްކީމަ އަންނަނީ ނުލަފާ ހިންޏެއް….މިހާރު ތިކުރަން އުޅޭ ކަމަކީ 6 މަސްދުވަހު މުސާރަނުދީ އެނިމަކެތި މީހުން ލައްވާ މަސަތްކަތް ކުރުވާފަ އެމީހުން މިތަނުން ބޭރުކޮށްލުން….ތީގެ ކޮންމެ ކަމަކީ ވެސް ވަރަށް ރޭވުންތެރިކަމާ އެކު ކަލޭމެން ކުރާ ކަންކަން.. މާރީ އަށް ވަރަށް ބޮޑަށް އޯކޭ ހެން ހީވަނީ އެމީހުނަށް 6 މަސް ދުވަހުގެ މުސާރަނުދިނުން…ކިތަށް މީހުންގެ ހައްޤަށް އެއަރައި ގަނެވުނީ….ކޮބާ އެބައި މީހުންގެ ޢާއިލާތައް ނުކައި ނުބޮއެ އުޅޭނީ….މާރީމެން ސަރުކާރަށް ލިބޭ ހުރިހާ ލާރިތައް ދިރުވާލާފަ..ޤާނޫނު އަސާސީއަށް ފައިން އަރާ….ސަލާމަތީ ބާރު ތަކަކީ ފިނދަނަ ތަކެއްކަމަށް ރައްޔިތުންނަށް ވިސަނައިދިނުންވެސް އަހަރުމުންނަކަށް އޯކޭ އެއްނޫން….އެކަމަކު މާރީއާ މާރީގެ ޕާރޓީ ކުދިންނަށް ވަރަށްބޮޑަށް އޯކޭ ކަން ރައްޔިތުންނަށް އެނގޭ…

  4. ފިންޑި ސިފައިން މީހާ

    އެއްވެސް މީހަކަށް މުސާރަ ނުދީ ބޭތިއްބުން އެއީ ގަދަ އަދި މޮޅުކަމެއް ނޫން، ބިދޭސީއަކަސް ދޭސީއަކަސް އެ މީހުންގެ އާއިލާތަށް ކައިގެން ބޮއިގެން އުޅޭނީ ލިބޭ އާމްދަނީ އަކުން، މުސާރަ ނުދެވުނީ ރެސޯޓް މެނޭޖްމަންޓް އިން ނުވަތަ މަސައްކަތް ހަވާލުކުރި ކުންފުނިން ފައިސާ ނުދީގެންކަމަށް ބުނާއިރު ޤަވާއިދާ ޙިލާފަށް އުޅޭ އެތަށް ބިދޭސީންނެއް އިއްޒަތްރެރި މެމްބަރު ގެންގުޅެނީ ކޮން އުސޫލަކުންތޯ، ދެން ބުނާނެ ޔާމީން ސަރުކާރުގަ ވަގަށް އެތެރެކުރީމަ ވިސާ އާއި އެހެނިހެން ލިޔުންތަށް ނެތީޔޭ،
    އަޅުގަނޑުމެންނަށް ފާއިތުވި ދުވަސްތަކުގަ އަޑު އިވުނީ މަޖިލިސް ތެރޭގަވެސް ޤާސިމް އިބްރާހިމް މުސާރަ ނުދީގެން ޤާސިމް އިބްރާހިމް އަށް ހެއްދެވި ނެހެއްދެވިއަށް ގޮވިތަން، އެކަމަކު ޙަޤީގަތް ހާމަވާއިރު ކިތަށް މެމްބަރުންތޯ މުވައްޒަފުންނަށް މުސާރަ ނުދީ ތިބީ، އިންސާނީ ހައްގުގެ ވާހަކަ ދައްކާވަރެއް އަދި ނުވޭ،

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ