އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

އައިޖީއެމްއެޗުގެ ތިން ނަރުހަކާއި އައިސީޔޫގައި އޮތް ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗުގެ ތިން ނަރުހަކާއި އައިސީޔޫގައި އޮތް ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، ތަސްލީމާ އުސްމާން އެކަން މީޑިއާއަށް ކަށަވަރުކޮށްދީފައިވާއިރު، ތަސްލީމާ ވިދާޅުވީ، އައިޖީއެމްއެޗްއިން ޕޮޒިޓިވްވި ތިން ނަރުހުންނަކީ އައިސީޔޫގައި މަސައްކަތް ކުރަމުންދިޔަ ތިން ނަރުހުންކަމަށާއި، ޕޮޒިޓިވްވި ދެ ޕޭޝަންޓުން ވެސް އޮތީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބޭކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ނަރުހުންނަކީ ރޭ ކެންސަރު ބަލީގައި މަރުވި އިންޑޮނޭޝިއާ މީހާއާއި ކޮންޓެކްޓްވި މީހުންކަމަށް މަޢުލޫމާތު ލިބެއެވެ.

އަޖީއެމްއެޗްގައި ރޭ މަރުވި އިންޑޮނޭޝިޔާ މީހާމަރުވިފަހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އޭނާ މަރުވި ސަބަބަކީ ކެންސަރުބަލިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޢުމުރުން 39 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ކެންސަރުގެ 4 ވަނަ ސްޓޭޖްގައި އޮއްވައިކަމަށެވެ.

އަދި އެމީހާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށްކަމަށްވާތީ އައިސީޔޫގައި ތިބި އެންމެންވަނީ ކޮވިޑް-19އަށް ޓެސްޓުކުރުމުގެ މަސައްކަތްފަށާފައެވެ.

އައިޖީއެމްއެޗުއިން ވިދާޅުވި ގޮތުގައި މަރުވި އިންޑޮނޭޝިއާ މިހާއާއި އެހޮސްޕިޓަލްގެ 8 މުވައްޒަފަކުވަނީ ޑައިރެކްޓް ކޮންޓެކްވެފައެވެ. އަދި މިހުރިހާ މުވައްޒަފުންވެސް މީހަރު އެކަހެރިކޮށްފައިވާއިރު، މަރުވި އިންޑޮނޭޝިއާ މީހާއަށް ފަރުވާދެމުންދިޔައީވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށްވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ