ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ބީޓް ރޫޓް ކަރީ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 3 ޖޯޑު ބީޓް ރޫޓް ( ހިމަދިގަށް ކޮށާފައިހުރި)
- 2 ފިޔާ ( ކޮށާފައި)
- 3 ފެހިތޮޅިމިރުސް ( ހަނިދިގަށް ފަޅިކޮށްފައިހުރި)
- 3 މެޒުމަތީ ސަމުސާ ހަވާދު
- 2 ހިކަނދިފަތް
- 1 ދަޅު ޓޮމާޓޯ ޕޭސްޓް
- 3 ލޮނުމެދު ( ގާނފާއި)
- 1 ޖޯޑު ކާށި ބޯކިރު
- 2 /1 ސައިސަމުސާ އަޖިނަމޮޓޯ
- 2 / ސައިސަމުސާ މަސްޓަރޑް ކްރީމް
- ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ފުރަތަތަމަ ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލާފައި ފިޔާ، މިރުސް، ހިކަނދިފަތް އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ ކިރުފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށްފައި ރޯފިލުމުން ކިރު އެއްކޮށްފައި ކެކުމުން އުނދުންމަތިން ބާލާށެވެ.
މިހާރު މިވަނީ ބީޓް ރޫޓް ކަރީ ތައްޔާރުކޮށް ނިމިފައެވެ.




