މަނީހައިސްޓްގެ ޕްރޮފެސާ އާއި އަލީޝާ

މަނީ ހައިސްޓްގެ ފޭން ތިއަރީ: އަލީޝާ ސިއެރާ އަކީ ޕްރޮފެސާގެ ދައްތަ!؟

ނެޓްފިލްކްސް އިން ދައްކަމުން އަންނަ ކާމިޔާބު ސްޕެނިޝް ސީރީޒް “މަނީ ހައިސްޓް”ގެ ކާމިޔާބު ހަތަރު ސީޒަނެއް މިހާރު ދައްކާފައިވާއިރު، ފަސްވަނަ ސީޒަންވެސް ގެނެސްދޭނެކަން ވަނީ އިޢުލާންކޮށްފައެވެ. އެއާއެކު މި ޙަބަރު ވެގެންގޮސްފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި “މަނީ ހައިސްޓް” ގެ ފޭނުންނަށް ލިބުނު ވަރަށް އުފާވެރި ޙަބަރަކަށެވެ.

މަނީ ހައިސްޓްގެ ފަސްވަނަ ސީޒަންވެސް ގެނެސްދޭނެކަން އިޢުލާން ކުރުމާއެކު ފަސްވަނަ ސީޒަންގެ އެކި ތިއަރީ ތަކާމެދު އެތައް ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. އެގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ މަޝްހޫރު ފޭން ތިއަރީއެއް ހިމަނާލާނަމެވެ.

އެގޮތުން ދެކެވޭ އެއް ވާހަކައަކީ އަލީޝާ ސިއެރާ އަކީ ޕްރޮފެސާގެ ދައްތަ ކަމަށެވެ. ޕްރޮފެސާއަކީ ހުުރިހާ ޕްލޭނެއް ހަދައި ބޭންކްތައް ލޫޓްވާ ގޭންގްގެ ލީޑަރެވެ. އެހެންގޮތަކައް ބުނާނަމަ ލޫޓްތަކުގެ މާސްޓާ މައިންޑެވެ. އަލީޝާ ސިއެރާއަކީ ލޫޓްތައް ހުއްޓުވަން އުޅޭ ޕޮލިސް އިންސްޕެކްޓާއެކެވެ. އަލީޝާ އަކީ ހިތްވަރުގަދަ އަދި ލޫޓް ހުއްޓުވުމައް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި މީހެކެވެ. ރިއޯ ދިރިހުއްޓާ ވަޅުލައި އޭނާއަށް އަނިޔާކޮއް އަދި ކާންނުދީ ކުޑަ ގޮޅިއެއްގައި ބަހައްޓާފައިވެއެވެ.

ޕްރޮފެސާ އަދި އަލީޝިއާއަކީ ވިސްނުން ތޫނު، އެހެންމީހުންގެ ރޭވުންތައް ޕްރެޑިކްޓް ކުރާ، ލީޑާރ އެއްގެ ސިފަތައް ހުންނަ އަދި ދެމީހުންނަކީވެސް މިޔުޒިކައް ލޯބިކުރާ ދެމީހުންނެވެ. އެގޮތުން ޕްރޮފެސާ އެތައްފަހަރަކު ޕޮލިހުންގެ ރޭވުންތައް ހޯދިއެވެ. ހަމައެހެންމެ އަލީޝިއާވެސް ޕްރޮފެސާގެ ރޭވުންތައް ހޯދައި ޕްރޮފެސާ ހައިރާން ކޮށްލާފައިވެއެވެ. މިދެމީހުންގެ ޕާސަނަލިޓީ ވަރައްވެސް ގުޅެެއެވެ. އެހެންކަމުން ބައެއް މީހުން ބުނަމުންދަނީ ޕްރޮފެސާ އަދި އަލީޝިއާއަކީ ދެބެން ކަމުގައި ވެދާނެ ކަމަށެވެ.

ސީޒަން ހަތަރެއް ނިމިގެން ގޮސްފައިވަނީ އެންމެންވެސް ސިއްސުވާލާގޮތަކައް އަލީޝިއާއަށް ޕްރޮފެސާގެ ބަންކާ ނުވަތަ ހައިޑް އައުޓް ފެނި ޕްރޮފެސާއާ ދިމާލައް ބަޑި ދިއްކޮށް މަރާލަން ތައްޔާރަށް ހުރި ތަނުންނެވެ. ނަމަވެސް ޕްރޮފެސާ އަދި އަލީޝިއާކީ ދެބެންކަން އެނގި އެނާ މަރާނުލައި ދޫކޮއްލަދާނެ ކަމުގައި ބައެއް ފޭނުންގެ ތިއަރީގައި ބުނެއެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

މިހާތަނައް މި ސީރީސްގެ 4 ސީޒަން ގެނެސްދީފައިވާއިރު، ސީޒަން 5 ގެނެސްދިނުމަށް ނެޓްފިލްކްސްއާއިއެކު، ސީރީޒްގެ އުފެއްދުންތެރިން ވަނީ އެއްބަސްވެފައެވެ. އަދި މަނީ ހައިސްޓްގެ ސީޒަން ހައެއްވެސް ގެނެސްދޭން އެއްބަސްވެފައިވާކަމުގެ ޙަބަރުތަކެއް ފެތުރިފައެވެ. ނަމަވެސް އަދި ސީޒަން 5 ނެރޭނެ ތާރީހެއް ހާމަކޮއްފައެއް ނުވެއެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ސީޒަން 5 ނިކުންނާނެ ދުވަހަކަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ