ޖޭއެސްސީގެ ނަންބޯޑު - ފޮޓޯ: ރާއްޖެ.އެމްވީ

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ވަޒީފާއިން ސަސްޕެންޑް ކޮށްފި

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްޙާ ޢަލީ ސަސްޕެންޑް ކުރުމަށް އެކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެގޮތުން މެޖިސްޓްރޭޓް މުލްޙާ ޢަލީ ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ، މެޖިސްޓްރޭޓާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އެ މައްސަލަތައް ތަޙުޤީޤުކުރާއިރު މެޖިސްޓްރޭޓް މުލްޙާ ޢަލީ މެޖިސްޓްރޭޓްކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަތައް ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށް ޖޭއެސްސީއިން ވިދާޅުވިއެވެ.

"ޤާނޫނު ނަންބަރު 10/2010 (ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ބ) އަދި (މ)އާ ޙަވާލާދީ، މެޖިސްޓްރޭޓް މޯލްޙާ ޢަލީ، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ކޮމިޝަނުންވަނީ ނިންމާފައި." ޖޭއެސްސީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ