މާލޭ މަގުމަތި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޤަވާއިދާއި ޚިލާފަށް ޕާކު ކުރާ އުޅަނދު ފަހަރަށް ފިޔަވަޅު އަޅަނީ

މާލޭ ސިޓީގައި ޤަވާއިދާއި ޚިލާފަށް ޕާކު ކުރާ އުޅަނދު ފަހަރަށް ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވެފައި ވަނީ 1 ޖުލައި 2020 އިން ފެށިގެން ނިއު ނޯމަލްއަށް ބަދަލުވެފައިވާތީ މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަކަށް 2020 ޖުލައި 6 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ މިސްކިތްތައް ކައިރިއާއި، ކަފިހި ހުރަސްތަކާއި، އަރިމަތީ ދެ ރޮނގުދަމާފައިވާ ސަރަހައްދާއި، ގޯޅިތަކުގެ ކަންމަތި އަދި ސްކޫލްތައް ކައިރިއާއި ހޮސްޕިޓަލްތައް ކައިރީ ޕާކު ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. މީގެ އިތުރުން ބެންކްތައް ކައިރިއާއި، ބޮދުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދާއި، ފުލުހުންގެ ކޯން ނުވަތަ ބެރިކޭޑް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ އިތުރުން ޚާއްސަ ޒޯންތަކުގައި ޕާކު ކުރާ އުޅަނދު ފަހަރަށްވެސް ފިޔަވަޅު އަޅާނެކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު ސަރުކާރުން މިހާރު ވަނީ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދީފައެވެ. މި ލުއިތަކާއެކު ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ލިބިފައިވާއިރު، ކުރިއެކޭ އެއްގޮތަށް މާލޭގެ މަގުތައް ވަނީ ބާރު ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ