ހުޅުމާލެއިން ސައިކަލެއްގައި ސްޓިކާ ޖެހީ މަނާ ސަރަހައްދެއްގައި ޕާކް ކުރުމުން: ޕޮލިސް

ހުޅުމާލޭގައި ސައިކަލެއްގައި ސްޓިކަރ ޖެހީ މަނާ ސަރަހައްދެއްގައި ޕާކް ކޮށްފައި ހުރުމުން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ހިނގާ ބިނގާވާ މީހުންނަށް ޚާއްސަ ކުރެވިފައިވާ އަދި އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ސަރަހައްދެއްގައި ޕާކް ކޮށްފައި ހުރި އުޅަނދެއްގައި ޕާރކިން ސްޓިކަރ ޖަހާފައި ވާނެކަމަށެވެ.

ފުލުހުން މި ސައިކަލުގައި ޕާރކިން ސްޓީކާ ޖަހާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި ގޭގެ ދޮރުމަތީ ސައިކަލް ބަހައްޓާފައި ހުއްޓާ ސައިކަލުގައި ސްޓިކާ ޖަހަންވީ ސަބަބެއް ނޭންގުނު ކަމުގައި ވީޑިއޯ ޕޯސްޓް ކުރަމުން އެމީހާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެ ސަރަހައްދު ތަކަކީ މީގެ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހައްދުތަކެއްކަން އެނގޭގޮތަށް ބޯޑު ޖަހާފައިވާ ސަރަހައްދުތަކެއް ކަމަށާއި އަދި އޭގެ އިތުރުން އެތަންތަނުގައި ޕާކްކުރުން މަނާކަން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގާފައި ވާނެކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން މިއަދު ވަނީ މާލޭގައި ޤަވާއިދާއި ޚިލާފަށް ޕާކް ކޮށްފައިވާ 22 އުޅަނދެއް ޓޯވ ވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ