ލ.ގަމަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވަނީ

މުދާބަރުކޮށްގެން މާލެއިންފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވާތީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ކޯސްޓް ގާޑް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ދޯންޏަކީ 94 ފޫޓްގެ "ވިލޭޖް 4" ނަމަކައް ކިޔާ ދޯންޔެކެވެ. އެމް.އެން.ޑީ.އެފް އިން މަޢުލޫމާތުދެނީ މި ދޯނީގައި ޖުމްލަ 6 މީހުން ތިބިކަމަށެވެ. އަދި ދޯނި ދިޔަވިކަމުގެ މައުލުމާތު ލިބިފައިވަނީ ލ. މާންދޫގެ ހުޅަނގުން ތިން މޭލު ބޭރުން ކަމަށެވެ.

މި ހާދިސާގެ މައެލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 12:10 ހާއިރުކަމަށް އެމް.އެން.ޑީ.އެފް އިން މަޢުލޫމާތު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ